ރަޖިބް ތައްޔިބު އެރުދުޣާން

2023 ގެ ރިޔާސީ އިންތިހާުބުގައި ވާދަކުރާނަން: އުރުދުޣާން

ތުރުކީގައި އަންން އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ. އެނާ އަދި ވިދާޅުވީ އެއަށް ވުރެ ކުރިން އިންތިހާބެއް -- އަވަސް އިންތިހާބެއް ނުބާއްވާނެ ކަމަށެވެ.

ތުރުކީގައި ރިޔާސީ އިންތިހާބު އޮންނަނީ އާންމު އިންތިހާބާ އެކުއެކީގަ އެވެ. އިންތިހާބު ބާވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރު، ޖޫން 18، 2023 ގައެވެ.

އުރުދުޣާންއަށް ތުރުކީގައި އޮތް ތާއީދު ދަށަށް ދާ ކަމަށް ބުނެ އިދިކޮޅުން ދަނީ ހަންފަތުރަމުންނެވެ. އިދިކޮޅުން ބުނާ ގޮތުން މިފަދަ ހާލަތެއްގައި އަވަސް އިންތިހާބެއް ބޭއްވުން ނޫން ގޮތެއް ސަރުކާރަކަށް ނޯންނާނެ އެވެ.

ތުރުކީގައި ކޮންމެ ފަސް އަހަރަކުން ރިޔާސީ އިންތިހާބު ބާއްވަ އެވެ. އުރުދުޣާން 2003 ގައި ބޮޑުވަޒީރު ކަމަށް ވަޑައިގެންނި ފަހުން ކޮންމެ އަހަރަކު ވެސް އިންތިހާބުގައި ވާދަކުރައްވަ އެވެ.

އުރުދުޣާން އަށް ތާއީދުކުރާ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވިދާޅުވި ގޮތުގައި ވާދަވެރިންނަށް އޮތީ ވާދާގައި ބައިވެރިވުމެވެ. އޭނާ އަދި ވިދާޅުވީ ހަމަޖައްސާފައި އޮތް ތާރީޚުގައި އިންތިހާބު އޮންނާނެ ކަމަށާއި، އެ ތާރީޚަކީ ޖޫން 24، 2023 ކަމަށެވެ.

ތުރުކީގައި އުރުދުޣާން އަށް ޕްރެޝަރު އެންމެ ބޮޑީ އިގުތިސޯދީ ހަރުދަނާ އެޖެންޑާއެއް ނުގެންގުޅުއްވާ ކަމަށް ބުނެ އިދިކޮޅުން ފަތުރާ ވާހަކަތަކާ ހެދި އެވެ. ތުރިކީގެ ފައިސާގެ އަގުވެއްޓި ތަކެތީގެ އަގު އުފުލެމުން ދަނީ ސަރުކާރުން ހަރުދަނާ ސިޔާސަތެއް ނުގެންގުޅޭތީ ކަމަށް ދަނީ ބުނަމުންނެވެ.

އެހެން ނަމަވެސް، ބައިނަލްއަގުވާމީ އޮއިވަރުގައި އުރުދުޣާންގެ ޒައާމަތަކީ ނުފޫޒު ގަދަ ސަރުކާރެކެވެ. ތުރުކީ ގޮވައިގެން ބާރު އޮއިވަރުގައި އުރުދުޣާން ދަތުރު ކުރައްވަނީ ރަނގަޅު މިސްރާބަށް ކަމަށް ވެސް ބުނެ އެވެ.

އުރުދުޣާންގެ ޒައާމަތުގައި ތުރުކީ، އަސްކަރީ ގޮތުންނާއި އިގުތިސޯދީ ގޮތުން ހަރުދަނާ ނިންމުންތައް ވަނީ ނިންމާފަ އެވެ. ތުރުކީގައި ޒަމާނީ ކުލަ ޖެހިފައި ވަނީ ވެސް އުރުދުޣާން ކުރަވަމުން ގެންދަވާ މަސައްކަތްތަކުން ކަމަށް ވެސް ބުނެވެ އެވެ.