ދުނިޔެ

ސައޫދީ އާއެކު އޮތް ގުޅުން ވަރުގަދަ ކުރާނެ: އެމެރިކާ

އެމެރިކާގެ ރައީސް ޖޯ ބައިޑަން: ސައޫދީ އާއެކު ގުޅުން ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވި
0%
0%
0%

އެމެރިކާގެ ރައީސް ޖޯ ބައިޑަން މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރުވެސް ސައޫދީއާ މެދު ކަން ކުރައްވާނެ ގޮތް އޮތީ ކުރައްސަވާފަ އެވެ. އެއީ ސައޫދީގެ ހައިސިއްޔަތު ދުނިޔެއިން ފޮހެލުމެވެ.

ސައޫދީއަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމެއް ކަމަށް އެމެރިކާއިން އޮތީ ލޭބަލް ކޮށްފަ އެވެ. އިސްލާމީ ޝަރީއަތާ އެއްގޮތަށް ސައޫދީން އަމަލު ކުރުމަކީ އެމެރިކާއަށް ކެތްކުރެވެން ނެތް ކަމެކެވެ.

އަދި މިފަދައިން ހުރި ކިތަންމެ ސަބަބަކާ ހެދި ސައޫދީއަކީ އާންމު މުޖުތަމައު ގަބޫލު ނުކުރާ ގައުމެއް ކަމަށް ބައިޑަން އޮތީ ވިދާޅުވެފަ އެވެ. ރައީސްކަމަށް ކެމްޕޭން ކުރެއްވި އިރު ސައޫދީއާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ ސައޫދީ ސައިޒް ކުރައްވާނެ ކަމަށެވެ.

އެމެރިކާއިން މިހާރު ބުނަނީ ސައޫދީ އަރަބިއްޔާ އާއެކު އޮތް ގުޅުން އެއްވެސް ޒަމާނެއްގައި ނެތް ވަރަށް ގާތް ކުރާނެ ކަމަށެވެ. ސައޫދީ އާއެކު އެންމެ ގާތް ގުޅުމެއް ބޭއްވި ޒައާމަތަކީ ބައިޑަންގެ ސަރުކާރު ކަމަށް ހަދާނެ ކަމަށެވެ.

ސައޫދީ އާއެކު މާގާތް ގުޅުމެއް އުފައްދާ ވާހަކަ އެމެރިކާއިން ދައްކަން ފެށީ ރަޝިއާއަށް ދަތިކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގައި އެމެރިކާ އާއި ޔޫރަޕުން ރަޝިއާގެ ހަކަތަ ގަތުން ހުއްޓާލަން ޖެހުމުންނެވެ. ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލައިފި ނަމަ، ތެޔޮ ލިބޭނެ އެހެން ކޮޅެއް ކޮންމެހެން ވެސް ހުޅުވަން ޖެހެ އެވެ.

ސައޫދީއަކީ ގަލްފްގައި ބާރުގަދަ ގައުމެކެވެ. އޯޕެކް ގައުމުތައް މެދުވެރިކޮށް ދުނިޔެއަށް ތެޔޮ ސަޕްލައި ކުރުމުގައި ވެސް އެންމެ ނުފޫޒުގަދަ ގައުމަކީ ސައޫދީ އެވެ.

ސައޫދީ ނުރުހޭ ނަމަ އޯޕެކް ގައުމުތަކުން ތެޔޮ އުފެއްދުން ކޮންޓްރޯލް ކުރާނެވެ. އެކަމަކު މިއަދު ދުނިޔޭގައި އޮތް ހާލަތަށް ބަލާއިރު ތެޔޮ އުފެއްދުން މަދު ކުރުމަކިީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދަށް ވަރަށް ބޮޑު ބިރުވެރި ކަމެކެވެ.

އެމެރިކާއިން ސައޫދީއާ އެހާ ގާތް ގުޅުމެއް އުފައްދަން ބޭނުންވަނީ ގަލްފު ގައުމުތަކުން ތެޔޮ އުފައްދާ އަދަދު އިތުރު ކުރުމަށެވެ. އަދި ރޮކެޓެއްހެން އުފުލިފައި ހުރި އަގުތަށް ތިރި ކުރުމަށް ބާރު އެޅުމަށެވެ.

ދުނިޔެ މިވަގުތު އޮތީ ވަރަށް ބޮޑަށް ހަކަތައަށް ޖެހިފަ އެވެ. އެހެން ނަމަވެސް ގަލްފް ގައުމުތަކުން ތެޔޮ އުފައްދާ ނިސްބަތް އިތުރު ކޮށްފި ނަމަ ދެތިން ހަތަރު މަހެއްހާ ދުވަސް ތެރޭގައި ދުނިޔެއަށް ވަރުޖެހި ހިނގައި ގަންނާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަބީބު.

ނަމަނަމަ ތިޔަ އިބިލީހާ ގާތްނުވާތި ހާމާނު ކިބައިން އިބު ރަތްލިބިގަނޭ މޫސާގެފާނު ﷲ އައްދުވާ ދަންނަވާ ކޮންމެ ފަހަ ރަކު ލެޔާދޮސްބޯން ޖެހުނީމަ މޫސާގެފާނު ކިބައިން އަހުދު ކަށަވަ ރެއް ހިއްޕަވާފަ ބަލާމުސީބާތުން ސަލާމަތްވެ ވަ ރުޖެހުނީމަ އަނެއްކާ ހަ ރާން ކޯ ރުވާނެ ވީމާ ޓުވިޓު ކު ރަން ދަންނަ ބޭފުޅަކު ރަސްގެފާނައް މިހަބަ ރު ފޯ ރުކޮއްދީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345