ހުޅުމާލެ

އިމާރާތެއްގެ ތިންވަނަ ބުރިން ޒުވާން އަންހެނަކު ވެއްޓިއްޖެ

އިމާރާތެއްގެ ތިންވަނަ ބުރީން ޒުވާން އަންހެނަކު ވެއްޓިއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއްގެ ތިންވަނަ ބުރީން އަންހެނަކު ވެއްޓިފައިވާ ކަމަށެވެ. އެ މީހާ ވެއްޓުނު ކަމުގެ ރިޕޯޓް ލިބުނީ ހަވީރު 5:30 ހާއިރު ކަމަށްވެސް ބުންޏެވެ.

ވެއްޓިފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް ނޭންގެއެވެ. ބައެއް މީހުން ބުނާ ގޮތުން އަންހެން މީހާ ފުންމާލީ އެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. އޭރު އަންހެން މީހާ މާ ބޮޑު ހަރަކާތެއް ނެތެވެ.