އެމްއެމްއޭ

ރާއްޖެއަށް ޑިޖިޓަލް ކަރަންސީއެއް ގެންނަން ދިރާސާ ކުރަނީ

Jun 13, 2022

ރާއްޖެ އަށް ދެ ޑިޖިޓަލް ކަރަންސީއެއް ގެންނަން ދިރާސާ ތަކެއް ކުރަމުންދާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ރާއްޖެއަށް ދެ ޑިޖިޓަލް ކަރަންސީއެއް ތައާރަފު ކުރަން ސަރުކާރާއި ޔޫއެންޑީޕީއާ ގުޅިގެން ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ.

"ޑިޖިޓަލް ކަރަންސީއެއް ގެނައުމަކީ ކިހާ ވައިބަލް ކަމެއްތޯ ބަލަން މި ދިރާސާ ކުރަނީ. ވަރަށް ގިނަ ޕާޓީސް އެބަހުރި ޑިޖިޓަލް ކަރަންސީ ހިދުމަތަށް ރާއްޖެ އަންނަ ބޭނުންވާ ބޭރުގެ ޕާޓީސްތައް،" ހާޝިމް ވިދާޅުވި އެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ ގައުމީ ޕޭމަންޓް ސިސްޓަމް ތައާރަފު ކުރަންވެސް މަސައްކަތް ކުރަމުންދާ ކަމަށާ އެކަން ކުރެވޭނެ ކަމަށް ބެލެވޭ ތާރީހަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ. އަދި އެކަމަށް ބޭންކުތައް ތައްޔާރުވާނެ ކަމަށް ބެލެވޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.