މާލޭ ސިޓީ ކައުންސިލް

ކައުންސިލްގެ ހުއްދަނެތި މަގުމަތީގައި އިސްތިހާރު ޖަހާނަމަ ޖޫރިމަނާ

Jun 14, 2022
1

ސިޓީ ކައުންސިލްގެ ހުއްދަނެތި މާލޭގެ މަގުތަކުގައި އިސްތިހާރު ޖަހާނަމަ ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ނެރެފައިވާ "މަގުމަތީގައި އިޢުލާނާއި އިސްތިހާރު ހަރުކުރުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުން އާންމު ތަންތަނުގައި އެއްވެސް ބާވަތެއްގެ އިޢުލާނެއް ނުވަތަ އިސްތިހާރެއް ބަހައްޓަންވާނީ ނުވަތަ ހަރުކުރަންވާނީ، އެ އިޢުލާނެއް ނުވަތަ އިސްތިހާރެއް ހުންނާނެ ގޮތް ކައުންސިލަށް ހުށަހަޅައި، ލިޔުމުން ހުއްދަ ލިބިގެންނެވެ. އަދި މަގުމަތީގައި، މަގުހުރަހަށް ވާގޮތަށް އެއްވެސް އިސްތިހާރެއް ނުވަތަ އެންގުމެއް ނުވަތަ އެނޫންވެސް އެއްޗެއް ދަމަންވާނީ، ބިންމަތިން ފެށިގެން 15 ފޫޓަށްވުރެ ތިރި ނުވާނެ ގޮތަކަށެވެ.

މި ގަވާއިދުގައިވާ ގޮތުން މަގަށް ނެރެފައި އެއްވެސް ނަން ބޯޑެއް ހަރުކުރަންވާނީ ނުވަތަ އިސްތިހާރެއް ބަހައްޓަންވާނީ އުސްމިނުގައި 15 ފޫޓަށްވުރެ ތިރިނުވާނޭ ގޮތަކަށް ތިން ފޫޓަށްވުރެ ބޮޑަށް މަގަށް ނުނެރެ ވާގޮތަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިސްކިތްތަކުގައި ގިބުލައަށް ކުރިމަތިލައިގެން ތިބޭއިރު، 100 ފޫޓަށްވުރެ ކައިރިން ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ އިއުލާނާއި އިސްތިހާރު ބެހެއްޓުމަކީ ނުވަތަ ހަރުކުރުމަކީ މަނާކަމެކެވެ.

އިސްތިހާރަށް ކައުންސިލްތަކުން އަގު ނަގާނެ ގޮތް

  • ދެ ފުޓާއި ހަތަރު ފޫޓަށްވުރެ ކުޑަ ސައިޒުގެ ބޯޑަކަށް މަހަކު 250ރ.
  • ދެ ފުޓާއި ހަތަރު ފޫޓު އަދި ހަތަރު ފޫޓާއި އަށް ފޫޓާ ދެމެދުގެ ބޮޑުމިނުގެ ސައިޒުގެ ބޯޑަކަށް މަހަކަށް 850ރ.
  • ހަތަރު ފުޓާއި އަށް ފޫޓުގެ ބޯޑަކަށް މަހަަކު 1،250ރ.
  • ދެ ފުޓު ހަތަރު ފޫޓަށްވުރެ ކުޑަ، ކަރުދާހުގައި ހަދައިފައިވާ ނުވަތަ ފޮތީގައި ހަދައިފައިވާ އިސްތިހާރަކަށް މަހަކަށް
  • 25ރ.
  • ދެ ފުޓާއި ހަތަރު ފޫޓު އަދި ހަތަރު ފޫޓު އަށް ފޫޓުގެ ކަރުދާހުގައި ހަދައިފައިވާ ނުވަތަ ފޮތީގައި ހަދައިފައިވާ
  • އިސްތިހާރުތަކަށް މަހަކު 75ރ.
  • ހަތަރު ފުޓޫ އަށް ފޫޓުގެ ބޮޑުމިނުގައި، ކަރުދާހުގައި ހަދައިފައިވާ ނުވަތަ ފޮތީގައި ހަދައިފައިވާ އިސްތިހާރަކަށް
  • މަހަކު 100ރ.

ސިޓީ ކައުންސިލުން ބުނީ މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެހެން
ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަމުގައި ފިޔަވަޅު އެޅޭނީ އެ ޤާނޫނެއް ނުވަތަ ގަވާއިދެއްގައިވާ ގޮތެއްގެ މަތީންނެވެ. އެގޮތުން 500ރ. އިން ފެށިގެން 5،000ރ. އާ ދެމެދުގެ ޖޫރިމަނާ ކުރެވޭނެ އެވެ.