އެލައިޑް އިންޝުއަރެންސް

މަގުމަތީގެ ރައްކާތެރިކަމުގެ ޕްރޮގްރާމްގައި ބައިވެރިވާން ސޮއިކޮށްފި

Jun 15, 2022

އެލައިޑް އިންޝުއަރެންސުން އިސް ނަގައިގެން ހިންގާ "ރައްކާ" ކެމްޕޭންގައި ބައިވެރިވާން ފުލުހުންނާއި ޝީޝާ ކުންފުނި އަދި އެމްޓީސީސީ އިން ސޮއިކޮށްފި އެވެ.

މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށް ހިންގާ "ރައްކާ" ކެމްޕޭންގައި ސޮއިކުރަން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް ސޮއިކުރިއިރު ޝީޝާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ހުޝާމެވެ. އަދި މި ކެމްޕޭން ފެށި އެލައިޑުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖާ އިބްރާހީމް ފިރުޝާނެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެމްޕޭންގައި މަގުމަތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން މައުލޫމާތު ދޭނެ އެވެ.