ހާމިދު އިސްމާއިލް

ހާމިދު ސޭޓްގެ ބަންދަށް އަނެއްކާވެސް ހަތް ދުވަސް ދީފި

Jan 4, 2016
ހާމިދު އިސްމާއީލް
0%
0%
0%

މަނީލޯންޑެރިންގެ މައްސަލާގައި ހައްޔަރުކޮށް ދައުވާ އުފުލަފައިވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ގެ ބަންދަށް އަނެއްކާވެސް ހަތް ދުވަސް ޖަހައިފި އެވެ. ކްރިމިނަލް ކޯޓުން ހާމިދުގެ ބަންދަށް ހަފުތާއެއް ދީފައި ވަނީ މިއަދު މާލެ ގެނެސް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ހާމިދުގެ ބަންދު މިއަދު އިތުރު ކުރި އިރު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވިއްކި ރަށްތަކާއި ގުޅުން ހުރި މަނީ ލޯންޑްރިން މައްސަލާގައި އޭނާގެ މައްޗަށް މިހާރު ވަނީ ކޯޓްގައި ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ ވެސް މިއަދު އެވެ.

ހާމިދުގެ ފުލުހުން ތަހުގީގުކުރުމަށްފަހު ހާމިދުގެ މައްޗައް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345