ހަބަރު

ހުކުމް ތަންފީޒުކޮށް ނިމި، ހާމިދު މިނިވަންވެއްޖެ

Aug 25, 2018
ޒިޔަތާއި ހާމިދު: އަވަސް ފޮޓޯ: މުހައްމަދު އަޒާން
0%
0%
0%

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ދައުލަތުން ދައުވާ ކުރަމުން އަންނަ އަދީބުގެ ބޮޑު ބޭބެ، އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް، (ހާމިދު ސޭޓް)ގެ މައްޗައް އިއްވި ޖަލު ހުކުމުގެ މުއްދަތު ހަމަވެ އޭނާ މިއަދު މިނިވަންވެއްޖެ އެވެ.

ޅ. މާބިންހުރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށްދޫކުރުމަށް ފަހު އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލަ ސާބިތުުވުމަށް ފަހު ހާމިދަށްކޮށްފައި ވަނީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެ މުއްދަތު ހަމަވެ، އޭނާ މިއަދު މިނިވަންވެފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ކަށަވަރުކޮށްދެ އެވެ.

އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗައް ވެސް ވަނީ ހިޔާނާތުގެ ކުށް ސާބިތުވެފަ އެވެ. އެ ދެ ބޭފުޅުންނަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345