އިސްލާމިކް މިނިސްޓްރީ

ދަރުސް ޕޯޓަލް ރަސްމީކޮށް އިފްތިތާހްކޮށްފި

Jun 16, 2022
1

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ "ދަރުސް ޕޯޓަލް" ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

މި ޕޯޓަލް މިއަދު އިފްތިތާހްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރެވެ.

”ދަރުސް ޕޯޓަލް”އަކީ ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި، ދަރުސް ދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލް އެކެވެ.

މީގެ ކުރިން ދަރުސް ދިނުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީއަށް ފޯމެއް މެދުވެރިކޮށެވެ. ނަމަވެސް މިއަދު ތައާރަފް ކުރެވުނު ޕޯޓަލް ތެރެއިން ދަރުސް ދިނުމުގެ ހުއްދައަށް އެދި މިހާރު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ދަރުސް ޕޯޓަލްގައި ރަޖިސްޓްރީކޮށް، ހުއްދައަށް އެދުމުން، އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން ހުއްދައަށް އެދުނު ފަރާތަށް އެނގިގެންދާނެ އެވެ.

މި ޕޯޓަލް މެދުވެރިކޮށް ދީނީ އިލްމުވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކަށާއި، ކައުންސިލްތަކަށް ހުއްދައަށް އެދެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.