މާޔާފުށި ރިސޯޓުގައި ކުނި އަންދަން އުޅުނު ބިދޭސީއަކު ފިހިއްޖެ އެވެ.
މިހާދިސާގައި ފިހިފައިވަނީ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
އެ މީހާ ފިހުނީ ކުނި އަންދަމުން ދިޔަ އިންސިނެރޭޓަރުގެ ދޮރުހުޅުވާލި ވަގުތު ދޮރުގެ ކައިރީގައި ހުރެވުމުން ކަމަށް އެނގިފައިވެ އެވެ.
މިހާދިސާއާއި ގުޅިގެން އެ މީހާގެ އަތާއި މޫނު އަދި ކަރުން ބައެއް ފިހިފައިވާއިރު އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ އަތަށެވެ.
ރިސޯޓުގައި އިއްޔެ ފަރުވާ ދިނުމަށްފަހު އެ މީހާ އަށް މިއަދު ފަރުވާ ދެމުންދަނީ ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލުގަ އެވެ.