އަލިފާން

ސަފާރީއެއް އަނދަނީ، ތިބީ ނުވަ މީހުން

ނުވަ މީހުން ތިބި ސަފާރީއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދަައިފި އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ކ. ގާފަރާއި ދިމާ 13 މޭލު ހުޅަނގުން 9 މީހުންނާއި އެކު ދަތުރު ކުރި "އަވި" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެ އަނދަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބިގެން ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔަރު ލޯންޗް އާއި ހާބާ ކްރާފްޓް 113 އަދި ސީ އެމްބިއުލާންސް 18، މީހުން ސަލާމަތް ކުރުމަށް ހަރަކާތް ތެރިވަމުންދާ ކަމަށެވެ.

ސަފަރީގައި ތިބީ ހަ ފަޅުވެރީންގެ ތިން ފަތުރުވެރީންނެވެ.

ސިފައިން ފަހުން ބުނީ ސަފާރީ އުޅަނދުގެ ކްރޫއިންނާއި ފަސެންޖަރުން ތިބީ ސަފާރީގެ ޑައިވިންގް ދޯނީގައި ހެޔޮ ހާލުގައި ކަމަށެވެ. އަދި ޑައިވިން ދޯނީގައި ތިބި މީހުން މިހާރު ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއި އެކު ކ. ގާފަރަށް ދަތުރު ކުރަމުންދާ ކަމަށެވެ.