އަލިފާން

ރޯވި ސަފާރީ އަޑިއަށް، މީހުން ސަލާމަތް ކޮށްފި

މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާ ރޯވި ސަފާރީ އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ކ. ގާފަރާއި ދިމާ 13 މޭލު ހުޅަނގުން 9 މީހުންނާއި އެކު ދަތުރު ކުރި "އަވި" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔަރު ލޯންޗް އާއި ހާބާ ކްރާފްޓް 113 އަދި ސީ އެމްބިއުލާންސް 18، މީހުން ސަލާމަތް ކުރުމަށް ހަރަކާތް ތެރިވި ކަމަަށެވެ.

އަލިފާން ރޯވި ސަފާރީ މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. ސަފާރީ އަޑިއަށް ދިޔައިރު ވަރަަށް ބޮޑަށް ރޯވެ ވަނީ އަނދާފައެވެ.

ރޯވިއިރު ސަފަރީގައި ތިބީ ހަ ފަޅުވެރީންނާއި ތިން ފަތުރުވެރީންނެވެ.

ސިފައިން ބުނީ ސަފާރީ އުޅަނދުގެ ކްރޫއިންނާއި ފަސެންޖަރުން ތިބީ ސަފާރީގެ ޑައިވިންގް ދޯނީގައި ހެޔޮ ހާލުގައި ކަމަށެވެ. އަދި ޑައިވިން ދޯނީގައި ތިބި މީހުން މިހާރު ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއި އެކު ކ. ގާފަރަށް ދަތުރު ކުރަމުންދާ ކަމަށެވެ.