އައިޖީއެމްއެޗް

އައިޖީއެމްއެޗުން ހިތުގެ އުނދަގޫ ޕްރޮސީޖާއެއް ލައިވްކޮށްފި

Jun 18, 2022

ހިތުގެ ބައްޔާ ގުޅިގެން ހަދަންޖެހޭ އުދަގޫ ޕްރޮސީޖާއެއް ކަމަށްވާ "ކޮމްޕްލެކްސް ކޮރޮނަރީ އިންޓަވެންޝަނަލް" ޕްރޮސީޖާއެއް ފުރަތަމަ ފަހަރަށް ލައިވް ޓެލެކާސްޓް ކޮށްގެން އައިޖީއެމްއެޗް އިން ހަދައިފި އެވެ.

ހިތުގެ ލޭހޮޅިއެއް ހިމަވެ ބަންދުވާ ގޮތް ވުމުން ހަދާ މި ޕްރޮސީޖާ ހެދުމުގައި އިސްކޮށް ތިއްބެވީ އައިޖީއެމްއެޗްގެ ކާޑިއަކް ޓީމުގެ އިސް ދެ ބޭފުޅުން ކަމުގައިވާ ޑރ. އިމާދު ޝައިބާން އާއި ޑރ. އަލީ ޝަފީގު އެވެ.

މި ޕްރޮސީޖާ ލައިވް ޓެލެކާސްޓް ކުރީ އިންޑިއާގެ ނެޝަނަލް އިންޓަވެންޝަނަލް ކައުންސިލްގެ އަހަރީ އާއްމު ޖަލްސާ އަށެވެ.

ކޮމްޕްލެކްސް ކޮރޮނަރީ އިންޓަވެންޝަނަކީ ހިތުގެ ލޭހޮޅިއެއް ހިމަވެ ބަންދުވުމުން "ކެތެޓާ" ނަމަކަށް ކިޔާ އާލާތެއްގެ ބޭނުންކޮށްގެން ނާރުގެ ބެދިފައިވާ ބައި ހުޅުވާލާ ލޭ ދައުރުވާ ގޮތް ހެދުމެވެ.