މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ތިން އަހަރަށްފަހު ފުޅަނދުބުރު ބާއްވަނީ

Jun 20, 2022
6

މިއަހަރުގެ މިނިވަން ދުވަހު ފުޅަނދުބުރު ބާއްވަން ނިންމައިފި އެވެ.

މިއީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ފުޅަނދުބުރު ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން ފުޅަނދުބުރު ބާއްވާފައިވަނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން 2019 ވަނަ އަހަރު އެވެ.

ފުޅަނދުބުރު ބާއްވަން ނިންމާފައިވާ ކަމަށް މިނިވަން ދުވަހުގެ ހަރަކާތްތައް އިންތިޒާމުކުރާ ހޯމް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

ފުޅަނދުބުރުގައި ބޭނުންކުރާ ފުޅަނދުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އަވަސް އަށް ޔަގީންކޮށްދީފައިވެ އެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ފުޅަނދުބުރުތަކަކީ އަބަދުވެސް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ހަރަކާތެކެވެ.