ދުނިޔެ

އިޒްރޭލުގެ އަވަށްތަކުން އެމެޖެންސީ އެޅުވީ އީރާނުން

އިޒްރޭލުގެ ބައެއް އަވަށްތަކުން އެމެޖެންސީ ބަރުގޮނުއެޅި ސަބަބު ހިލާފެއް ނެތް ވަރަށް އަދިވެސް ދެނެގަނެވިފައެއް ނުވެ އެވެ. އެހެންނަމަވެސް، ޖާސޫސީ މައުމޫމާތަށް ބުރަވެ އިޒްރޭލުން ބުނަނީ އެއީ އީރާނުން ދިން ސައިބާ ހަމަލާއެއް ކަމަށެވެ.

ގިނަ ބައެއްގެ ފުރާނަ ގެއްލިދާ ފަދަ ހާދިސާތައް -- ސުނާމީއެރުން، ބޮންއެޅުން އަދި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ކާރިސާއެއް މެދުވެރިވެދާނެ ކަމަށް ބެލެވޭ ގައުމުތަކުގައި "މުނިސިޕަލް ސައިރަން ސިސްޓަމް" ބޭނުންކުރެ އެވެ.

އިޒުރޭލުގައި އަވަށްތަކުގައި މިފަދައިން ބޭނުންކުރާ އެމެޖެންސީ ބަރުގޮނަކީ ފަލަސްތީންގެ ގާޒާއިން ނުވަތަ ލުބްނާނުން ރޮކެޓް ހަަމާލާއެއް އަންނަކަން އާންމުންނަށް އަންގައި ދިނުމަށް ގޮއްވާލެވޭ ބާރުގަދަ އަޑެކެވެ. އެއާއެކު ހާއްސަ އިމާރާތްތަކަށް ވަދެ ރައްކާތެރިކަން ހޯދަ އެވެ.

އިޒްރޭލުގެ ރޭޑިއޯއިން ބުނި ގޮތުން އާދީއްދަ ދުވަހު ވީއެއް ނުވީއެއް ނޭނގި އެމެޖެންސީ އަޅަން ފެށުމުން އާންމުން މަގުތަކުގައި ކޮޅުކޮޅަށް ދުވަން ފެށި އެވެ.

ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ އަޑުފަށްގަނޑުގެ ސަބަބުން އަސްކަރިއްޔާ ހުޝިޔާރުވެ ކުއްލިއަކަށް އަޅަން އޮންނަ އެމެޖެންސީ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ.

އިސްރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކުން ހަބަރަށް ބުނި ގޮތުގައި އިޒްރޭލުގައި ދެ ގޮތަކަށް އެމެޖެންސީ އަޅަ އެވެ. އެއީ މަދަނީ ކަންކަމުގައި އަދި އަސްކަރީ އިންޒާރުތަކުގަ އެވެ. އާދީއްތަ ދުވަހުގެ ބަރުގޮނަކީ މަދަނީ އަޑުފަށްގަޑެކެވެ. އެކަމަކު އޭނާ ބުނި ގޮތުގައި އާންމުން ބިރުން ތެޅިފޮޅިގަތީ އެވެ.

އިޒްރޭލަށް ލިބިފައި ހުރި ޖާސޫސީ މައުލޫމާތުންނާއި އިންޓެލިޖެންސަށް ބަލާއިރު އެވަރުގެ ސައިބާ ހަމަލާއެެއް ދެވޭނީ އަދި ދޭން ކެރޭނީ އިރާނަށް ކަމަށް އޮފިޝަލުން ގަބޫލުކުރެ އެވެ.

އީރާނުން މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް އަދި ނުބުނެ އެވެ. އެހެންނަަމަވެސް އިޒްރޭލަށް އުޅެން އުނދަގޫވާ ވަރު ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ.