ދުނިޔެ

އެމެރިކާގެ ބައިވެރިންނަށް ހަމަލާދޭން ޖެހިދާނެ: އީރާން

އީރާނަށް ހަމަލާދިނުމަށް ދުޝްމަނުންނަށް -- އެމެރިކާ އަށާއި އިޒުރޭލަށް އެހީތެރިވެދޭ ކޮންމެ ގައުމަކަށް ހަމަލާދޭން ފަސްނުޖެހޭނެ ކަމަށް އީރާނުން ބުނެފި އެވެ.

އެމެރިކާ އާއި އިޒުރޭލުން އީރާނަށް ހަމަލާދިނުމުގައި، އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި އަދި އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރަން ހުއްެދަދީފި ނަމަ -- އީރާނާ ދެކޮޅަށް ދުޝްމަނުންކުރާ ހަނގުރާމާގައި އެ ބަޔަކު ބައިވެރިވީ ކަމަށް ބަލާނެ ކަމަށް ވެސް އީޜާނުން ވަނީ ބުނެފަ އެވެ.

އީރާންގެ މި އިންޒާރު ރައްދުވަނީ ސައޫދީ އަރަބިއްޔާ އަށައި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، އުރުދުން އަދި ކުވޭތަށެވެ. މި ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ސިފައިންގެ ފައުކުތައް ތިބެ އެވެ.

އީރާނުން މި އިންޒާރު ދިނުމުގެ ކުރިން ވެސް ސައޫދީ އަރަބިއްޔާ އާއި މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ތަގަރު އަދި ކުވޭތުން ވަނީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އެއްވެސް ވަސީލަތެއް އީރާނާ ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެ އެމެރިކާއަށް އަންގާފަ އެވެ.

އެމެރިކާ އާއި އިޒުރޭލުން އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އަންނަނީ ރާވަމުންނެވެ. މިކަމާ ގުޅިގެން އުފެދިފައި އޮތް ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ގަލްފު ގައުމުތަކުން ވަނި އެމެރިކާއާ މަޝްވަރާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަރަބި އެއްވެސް ގައުމަކުން އީރާންއާ ދެކޮޅަށް އެމެރިކާ އަށާއި އިޒުރޭލަށް އެއްބާރުލުމެއް ނުދޭނެ އެވެ.

އީރާނުން ވެސް އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް އަރަބި އެކުވެރި ގައުމުތަކަށް -- ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކޮށް، ނަސޭހަތްތެރިވެފަ އެވެ. އަދި މިނޫން ގޮތަކަށް ކަންކުރާ ގައުމުތަކަށް އެއްފަހަރާ ބާރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމެރިކާ އާއި އިޒުރޭލުން އީޜާނަށް ހަމަލާދިނުމުގައި އެންމެ ބޮޑަށް ބަލާނެ ކަމަށް ބެލެވެނީ މަދު އެތިފަހަރަކުން އީރާން ސައިޒުކުރުމަށެވެ. އިގުތިސާދީ އަަދި އަސްކަރީ ގޮތުން އީޜާނަށް ގުޑައިނުލެވޭ ވަރު ކުރުމަކީ ވެސް އެމެރިކާގެ ވިސްނުމެކެވެ.

އީރާންގެ ގެޔޮ ސާފުކުރާ ވަސީލަތްތަކަށް ނުވަތަ ނިއުކްލިއާ އިންޖީނުގެތަކަށް ހަމަލާދިނުމަކީ ވެސް އެމެރިކާގެ ވިސްނުމެކެވެ.

އީޜާނުން ވެސް ވަނީ އިޒުރޭލަށް ހިރިނުލެވޭ ވަރުގެ ހަމަލާތަކެއް ދޭނެ ކަމަށް ބުނެފަ އެވެ.