ޒަކާތް

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނީ 3،000 ރުފިޔާ

Jun 21, 2022
1

މުދަލު ޒަކާތުން ބެހެނިވެރިންގެ ބޮލަކަށްޖެހޭ އަދަދަކީ 3،000 ރުފިޔާ ކަމަށް ކަނޑައަޅައި އެ ފައިސާ ޖަމާކޮށްފި އެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ހުޅުވާލުމުން ރަޖިސްޓްރީވެފައިވަނީ 8،959 މީހުންނެވެ.

މުދަލު ޒަކާތުން ބެހެނިވެރިންގެ ބޮލަކަށް ޖެހޭ އަދަދު އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވީ މީހުންގެ އަދަދަށް ބަލައިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1442 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 26.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދޫކުރީ މި އަހަރު ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި 1440 ވަނަ އަހަރު ބޮލަކަށް ޖެހިފައިވަނީ 2،000 ރުފިޔާ އެވެ. އަދި 1441 ވަނަ އަހަރު ބޮލަކަށް ޖެހިފައިވަނީ 2،700 ރުފިޔާ އެވެ.