ރަޝިއާގެ މުށުތެރޭގައި މިވަގުތު އޮތް ޔުކްރޭންގެ ކްރައިމިއާގެ ބޭރުން ކަޅު ކަނޑުގައި، ރަޝިއާއިން ތެލަށް ކޮންނަށް ހަދާފައި ހުރި ބިނާއަށް ޔުކްރޭން ސިފައި ހަމަލާދީ ވަނީ ބޮޑު ބައެއް އަންދާލާފަ އެވެ.
ޔުކްރޭނުން ބުނެފައި އޮތީ އެއީ ތެޔޮ ނަގަން ވަޅު ކޮންނަ ތަނެއް ނޫން ކަމަށާއި ހަމަލާދިނީ އަސްކަރީ ބޭނުންތަކަށް އެތަނުގައި ޖާސޫސީ އާލާތްތަކާއި އަސްކަރީ ދަރަޖައިގެ ހަތިޔާރު ގުދަންކުރާތީ ކަމަށެވެ.
އެހެން ނަމަވެސް، ޔުކްރޭންގެ ބުނުން ރަޝިއާ ދޮގުކުރެ އެވެ.
ރަޝިއާ ބުނާ ގޮތުން ކްރައިމިއާ ބޭރުން ކަޅު ކަނޑުގައި ތެލަށް ކޮންނަން ހަދާފައި ހުރި ޕްލެޓްފޯމަކީ ސައްހަ މަސައްކަތްތަކެއް ކުރާ ތަނެކެވެ. ޔުކްރޭނުން އެތަނަށް ހަމަމާދިނީ ހަތިޔާރު ހުރެގެން ނޫން ކަމަށާއި އެއީ އެމެރިކާ އާއި ޔޫރަޕުން ބޭނުންވާ ގޮތް ކަމަށެވެ.
ކްރައިމިއާގައި ރަޝިއާއިން އެކުލަވާލާފައި އޮންނަ ސަރުކާރުގެ ބޮޑުވަޒީރުގެ ނާއިބު ޖެއޮގީ މުރާދަފް ވިދާޅުވި ގޮތުގައި ޔުކްރޭނުން ހަމަލާ ދިނަސް، އެ ވަޅުތަކުން ތެޔޮ އުފައްދާނެ އެވެ.
މުރާދަފް ވިދާޅުވި ގޮތުގައި ތެޔޮވަޅު ތަކުގައި މަސައްކަތް ކުރަނީ ކްރައިމިއާގެ އާންމުންނެވެ. އަދި ތެލަށް ކޮނެ ތެޔޮ ނެގުމަކީ ކްރައިމިއާގެ އިގުތިސޯދު ދަމަހައްޓަން ކުރާ މަސައްކަތެއް ކަމަށާއި އެކަން ހުއްޓާނުލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޔުކްރޭނުން ރަޝިއާ ތެޔޮ ޕްލެޓްފޯމްތަކަށް މިސައިލް ހަމަލާދޭ ޚަބަރާ ގުޅިގެން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި އެމެރިކާ އާއި ޔޫރަޕުން ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތައް ވަނީ ފޭލިވެފަ އެވެ. ދެން ހަދާނެ ގޮތެއް ނެތިގެން އުމްރާނީ ތަރައްގީއާ ކުޅެން ފެށީ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ ރަޝިއާއާ އެކު ވިޔަފާރި ކުރަން އެދޭ ކޮންމެ ގައުމަކާ އެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ. އަދި ގުޅުން ކަނޑާލާ ކޮންމެ ގައުމަކާ ދުރަށް ޖެހޭނެ ކަމަށެވެ.
ރަޝިއާގެ އިތުތިސޯދަށް ލޮޅުންއެރި ކަމަށް އެއްބަސްވެ ވަޑައިގެން ޕޫޓިްނ ވިދާޅުވީ މިހާރުގެ ހާލަތު ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ވުރެ މާރަނގަޅު ކަމަށާއި ރަޝިއާ މިހާރު ހިނގަނީ އަމިއްލަ ފައިމަތީގައި ކަމަށެވެ.