ދީނީ އިލްމުވެރިން

ޝެއިހް ސަމީރުގެ ނަމުގައި ފޭކް އެކައުންޓްތަކެއް، ފަތުރަނީ ދޮގު

ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރު --
0%
0%
0%

ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރުގެ ނަމުގައި ވަގު -- ފޭކް -- އެކައުންޓްތަކެއް ހަދައެގެން ތަފާތު އެކި މެސެޖުތައް އާންމު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ޝައިހް ސަމީރު އިލްތިމާސް ކުރައްވައިފި އެވެ.

ޝައިހް ސަމީރު ވިދާޅުވީ އޭނާގެ ނަމުގައި ފޭކު އެކަައުންޓްތައް ހަދައިގެން އެކި ތަންތަނަށް މީހުން އެއްކުރުމަށް ގޮވާ އެ ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެކަމަށް ސަމާލުވުމަށް ޝައިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަޅުގަނޑުގެ ނަމުގައި ވަގު އެކައުންޓް ހަދައިގެން އެކި ތަންތަނަށް މީހުން އެއްކުރުމަށް ގޮވައި ފަތުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެއްވެސް އެއްވުމަކަށް އަޅުގަނޑު ގޮވާލާފައި ނުވާނެ ކަން އެންމެހައި އަހުންނާއި އުހުތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އައްޝައިހް އަހްމަދު ސަމީރު

މިފަދަ ކަންތައްތަކެއް ބަޔަކު ކުރަމުން މިދަނީ ޝައިހަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުންދާ ވަގުތެއްގައެވެ. އަދި ލާދީނީ ހަރުކަށި ފިކުރުގެ ބަޔަކު ނިކުމެ ޝައިހްގެ އަގު ވައްޓާލަން ފުރައްސާރައިގެ އަމަލު ތަކެއް ހިންގަމުންދާ ވަގުތެއްގައެވެ.

ޝައިހް އަހުމަދު ސަމީރަކީ އާންމުންގެ ވަރަށް ބޮޑު ލޯތްބަކާއި އިހުތިރާމެއް އޮތް އިލްމުވެރިއެކެވެ. ދީނީ މައްސަލަތަކުގައި ރައްޔިތުންނަށް ކަން އޮތްގޮތް ބަޔާންކޮށް ދެއްވުމުގައި މަޑުމައިތިރި އަދި ވަރަށް ހިކުމަތްތެރިކަން ގެންގުޅުއްވާ ބޭފުޅެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910