އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދުގެ ބަންދަށް ހަތް ދުވަސް ދީފި އެވެ.
މި ދެ ބޭފުޅުން ހައްޔަރު ކުރީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައެވެ. ފުލުހުން ބުނީ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދުގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކުރި ހަ މީހުންގެ ފޮޓޯވެސް މިރޭ އާންމުކޮށްފައެވެ.
އިއްޔެ ހައްޔަރު ކޮށްފައި ވަނީ ހއ. ހޯރަފުށި/ ޔާގޫތުގެ، މުހައްމަދު އިސްމާއީލް (48އ) އާއި ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަހްމަދު ނަސޫހް (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، އަބްދުﷲ ރިފާއު (31އ) އަދި ށ. މިލަންދޫ/ ނާޒް، ފަޒުލޫން މުހައްމަދު (33އ) އެވެ.
އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަހްމަދު ނަސޫހް އާއި އަބްދުﷲ ރިފާއު އެވެ. މުހައްމަދު އިސްމާއީލް އާއި އިބްރާހިމް ރައްޒާން އަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލާގައި މިހާތަނަށް 12 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.