މޯލްޑިވްސް ޕޮލިސް ސާވިސް

ޝައިހު ނިޝާންގެ ބަންދު އިތުރުކޮށްފި

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ފުލުހުން ބުނީ ނިޝާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުން އިތުރު 16 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކުގެ އެންމެ އިސް ބޭފުޅަކީ ޝައިހް ނިޝާނެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައިވާތީ ނިޝާންގެ އިތުރުން އައްޝައިހް ފަޒްލޫން މުހައްމަދު މިހާރު ވަނީ މައްސަލަ ހައިކޯޓުގައި ވެސް އިސްތިއުނާފްކޮށްފަ އެވެ.

ދެ އިލްމުވެރިން ހިމެނޭހެން ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން 21 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކަކު ކުރިން ދޫކޮށްލުމަށްފަހު އިއްޔެ ވަނީ އިތުރު ހަ މީހަކު ދޫކޮށްލައިފަ އެވެ. ފުލުހުން ބަންދުން ދޫކޮށްލީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބުނެފައި ވަނީ އެމީހުން ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.