ސްޓެލްކޯ

މާދަމާ ހެނދުނު ބައެއް ސަރަހައްދުގެ ކަރަންޓް ކެނޑޭނެ

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެ ކަމަށް ކަރަންޓް ކުންފުނި -- ސްޓްލެކޯ -- އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިރޭ ބުނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 6:30 އިން 7:30 އާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މަަސައްކަތާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން 10 ވަރަކަށް މިނެޓަށް ކަރަންޓް ކެނޑޭނެ ކަމަށެވެ.

އެގޮތުން ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދާއި ނަސަންދުރާ ހިމެނޭ ސަރަހައްދާއި ކާނިވާ ސަރަހައްދާއި ގާކޮށި ފްލެޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ފްލްޓްތަކާއި ގަޑިބުރު ސަރަހައްދާއި މަޖީދީމަގު ފިނިޕާކް ހިމެނޭ ސަރަހައްދާއި މާފަންނު މަދަރުސާ އާއި ދުނބުރި މިސްކިތް ހުންނަ ސަރަހައްދުން ކަރަންޓް ކަނޑާލަން ވަނީ ނިންމާފައެވެ.