މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިފްކޯގެ ބޯޓަކުން އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި

މިފްކޯގެ ބޯޓަކުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރާ ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ބަނގުރަލާއި އެހެނިހެން މަނާ ތަކެތި ފެނިފައި ވަނީ ބެންކްކޮކުން ފުރައިގެން ގއ. ކޫއްޑޫއަށް އައި އެމްވީ ޖަޒީރާ ރީފާ ބޯޓުން ކަމަށެވެ.

އެ ބޯޓަކީ މިފްކޯ މަސްކުންފުނީގެ ބޯޓެކެވެ. އެ ބޯޓުން އެތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ކަސްޓަމްސް އިން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ބޯޓުން އެތަކެތި ހޯދާފައިވަނީ ފުލުހުންނާއި އެމްއެންޑީއެފް އާއި ގުޅިގެން ކަމަށެވެ. މި މައްސަލައިގައި ބޯޓުން ފެނުނު ބަނގުރާތައް ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ބޯޓުން ފެނުނީ ކިހާ އަދަދެއްގެ ބަނގުރާކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ. ބޯޓުން ދެން ފެނުނު މަނާތަކެތީގެ ތަފްސީލު ވެސް ހާމަކޮށްފައެއް ނުވެ އެވެ.