ފައްޔާޒް އިސްމާއީލް

ގޮންޖެހުންތައް ގިރާކޮށް އެމްޑީޕީ ދާނީ ކުރިއަށް: ފައްޔާޒް

ގޮންޖެހުންތައް ގިރާކޮށް އެމްޑީޕީ ދާނީ ކުރިއަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ. ދާދި ފަހުން އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ޗެއާޕާސަން ކަމަަށް ވަޑައިގެންނެވި ފައްޔާޒު ވިދާޅުވީ ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކޮށް އެމްޑީޕީ ދާނީ ކުރިއަށް ކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކުރީ ޖޫން 26، 2005 ގައެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު އެ ޕާޓީގެ ހަޔާތުގައި ދުވަހަކުވެސް އެމްޑީޕީ ދެބައިނުވާ މިންވަރަށް މިއަދު އެ ޕާޓީ ވަނީ ދެބައިވެފަ އެވެ. އެންމެ ފަހުން އޮތް އެތެރޭގެ އިންތިހާބުންވެސް އެ ބަައިބައިވުން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ. ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ.

ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ފައްޔާޒެވެ.