ލައިފްސްޓައިލް

ލެކިޔުޓުން މިފަހަރު "ސޮލިނޯޓްސް": ތަފާތު މީރުވަސްތައް އަތްފޯރާ ފަށަށް

އެންމެ މީރުވަސް ދުވާ ސެންޓެއް ޖަހާލަން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ، އެކަމަކު އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫނެވެ. މައްސަލަ އަކީ މީރު ވަހާ އެއްވަރަސް އޭގެ އަގު ވެސް ބޮޑުވުމެވެ. ހަމަ ޔަގީނުން ވެސް މީރުވަސް ދުވާ ސެންޓްތަކުގެ ލިސްޓްގެ އެންމެ ކުރީގައި ހުރީ 1،000ރ. އަށް ވުރެ މަތީގެ ލޭބަލް އެވެ. މީރުވަސް ދުވާ ސެންޓް ގަންނަން ކޮންމެ މަހަކު އެތައް ހާހަކުން ހަރަދު ކުރަން ޖެހުމުގެ ބޮލުގަ ރިހުމުގައި އެތައް ބަޔަކު އެބަ ތިއްބެވެ. އެކަމަކު އެ ހުރިހާ ބޮލުގައި ރިހުމަކަށް ރާއްޖޭގެ އެންމެ މަގުބޫލް ލެކިއުޓް ފިހާރައިން މިފަހަރު މި އޮތީ ނިކަން ހެޔޮ ވަރު އަދި ވަސް ގަދަ، "ސޮލިނޯޓްސް" އާ އެކު ފަރުވާ ދީފަ އެވެ.

ސެންޓްގެ ދުނިޔޭގެ ރަސްކަން ކުރާ، ފްރާންސްގެ ޕެރިހުން 2009 ވަނަ އަހަރު އުފެއްދި، "ސޮލިނޯޓްސް" ސެންޓް ބްރޭންޑްގެ ހިތް ގައިމު ވަސްގަނޑު މުޅި ދުނިޔެއަށް ފަތުރާލީ، މީހުން ސެންޓް ޖަހާގޮތް ނޫނީ ވައްޓާފާޅި ހަގީގަތުގައި ވެސް އެކުގައި ބަދަލުކޮށްލަމުންނެވެ. ޑީކޭއެންވައި އަކާއި ޗެނަލަކާއި ކެލްވިން ކްލެއިން އަކާއި ޑީއޯ އަކާއި ގިވެންޗީއަކާއި ވިކްޓޯރިއާ ސީކްރެޓެއް ވެސް މި ސެންޓަކާ ވަކި ދުލެއް ނުކުރާނެ އެވެ. ސޮލިނޯޓްސްއިން ނަން މަޝްހޫރު މިސެންޓްތަކާއި ވާދަކުރަމުން އަންނަނީ ތަފާތު 12 ވަހަކާ އެކު އެވެ. ސެންޓުން ފެންވަރައިގެން ދުނިޔޭގައި ރަސްކަން ކުރާ ކުދިންގެ ހިތް އެއިރަކު އޮންނަ ގޮތަކަށް މި ސެންޓްގެ ވަސް ބަދަލުކޮށްލެވިދާނެ އެވެ. މި ބްރޭންޑްގެ ދެ ފުޅިއެއްގައި ހުންނަ ސެންޓް އެއްކޮށްލައިގެން މޫޑް ހަމަ އެ ހުންނަ ގޮތަކަށް ހެޔޮވަރުގެ އެންމެ މީރު ވަސް ގެނެވިދާނެ އެވެ. 

"މީގެ ތަފާތަކީ ކޮންމެ ނޯޓެއް މި އިންނަނީ ވަކި އެއްޗަކުން އުފައްދާފައި. މީގައި އެބޭފުޅަކަށް އެންމެ މީރުވަސް ދުވާ ދެތިން ނޯޓެއް ގަނެލާފައި. ބޭނުންކޮށްގެން އަމިއްލަ ޕާފިޔުމެއް ތައްޔާރުކޮށްލެވޭނެ. ބޭނުމިއްޔާ ހަމަ އެއް ނޯޓުވެސް ބޭނުންކޮށްލަންވީ، " ލެކިއުޓްގެ މާކެޓިން އެގްޒެކެޓިވް، ޝަހާދާ އަހުމަދު ބުންޏެވެ.

ލެކިއުޓްގައި މިހާރު ލިބެން ހުރި މި ޒާތުގެ ސެންޓްގެ ނޯޓްތަކުގެ ލިސްޓްގައި ފްލޯރަލް، މަސްކީ، އެރޮމެޓިކް އަދި ފްރޫޓީ ހިިމެނެ އެވެ. އަދި ނިމުނީ އެއް ނޫނެވެ. ދެ ނޯޓް ހިމެނޭ ޑުއަލް ޕެކް އާއި ޕްރީ މޭޑް މިކްސް ސެންޓުފުޅިތައް ވެސް ލެކިއުޓް އިން މި ވަނީ ގެނެސްދީފަ އެވެ. މި ސެންޓްގެ ޖާދުލާ އެއްވަރަށް މީގެ އަގު ވެސް ހައިރާންވާހާ ކުޑަ އެވެ. 

ސެންޓް ވިއްކާ އަގުތައް

  • 50 އެމްއެލް ފުޅިއެއް 200 ރުފިޔާއަށް
  • ޑްއަލް ޕެކް 396 ރުފިޔާއަށް
  • 30 އެމްއެލްގެ ފުޅި 142 އަށް

މި ބްރޭންޑްގެ ސެންޓް ހަމަ ހިލޭ ވެސް ހޯދިދާނެ އެވެ. ކޮށްލަން ޖެހެނީ ކުޑަކުޑަ ކަމެކެވެ. މި ބްރޭންޑްގެ އެކި ވަސް ދުވާ ސެންޓް ބޭނުން ކޮށްގެން އަމިއްލަ ސެންޓެއް ތައްޔާރުކޮށް ފައްކާ ނަމެއް ދޭންވީ އެވެ. އެހެން ބައިވެރިންނާ ވާދަ ކުރުމަށް ޓަކައި ތައްޔާރު ކުރި ސެންޓްގެ ފޮޓޯއެއް ނަމާ އެކު އެ ފިހާރައިގެ ފޭސްބުކް ޕޭޖްގައި ހިމަނާލަދޭނެ އެވެ. އެންމެ ގިނަ ލައިކްސް ހޯދާ ސެންޓް އުފެއްދި މީހަކަށް ސޮލިނޯޓްސް ސެންޓް ހިލޭ ލިބޭނެ އެވެ.

"އެ މީހަކު ސެންޓް އުފައްދަން ބޭނުން ކުރި (ސޮލިނޯޓް)ގެ ހުރިހާ ފުޅިއެއްގެ ސެންޓް އެ މީހަކަށް އަޅުގަނޑުމެން ހިލޭ ދޫކޮށްލާނަން،" ޝަހާދާ ވިދާޅުވި އެވެ.

ސޮލިނޯޓްސް ބްރޭންޑްގެ ސެންޓް ލެކިއުޓްގެ މެއިން ބްރާންޗްގެ އިތުރުން މާފަންނު ލެކިއުޓުންނާއި އަދި ލެކިއުޓްގެ އޮންލައިން ފިހާރަ ލެކިއުޓް އޮންލައިނުން ވެސް ލިބޭނެ އެވެ. އަދި އޮންލައިން ކޮށް އެބާވަތުގެ ސެންޓް ގަންނަ ނަމަ، ފިހާރައިން ނުލިބޭ ވަހެއް ދުވާ ސެންޓްް ފުޅިއެއް ވެސް ގަންނަން ލިބޭނެ އެވެ. ހަމަ ޔަގީނުން ވެސް މި ސެންޓްގެ ވަހުން ހިއްތަށް ފަތަހަ ކުރާނެ އެވެ. އަޖުމަ ބައްލަވާ ލައްވާށެވެ!