ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

Jun 27, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ރުވާންޑާއަށް ކުރެއްވި މި ދަތުރުފުޅަކީ އެގައުމުގެ ކިގާލީގައި މިމަހުގެ 20 އިން 25 އަށް ކުރިއަށްދިޔަ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެ އެވެ. މި ބައްދަލުވުމުގައި މެމްބަރު ގައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަގުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އާ ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވަނީ މަތީފަންތީގެ ބައްދަލުވުންތައް ބާއްވައި ވިޔަފާރި އާއި، ސައްހަތާއި، މޫސުމާ ގުޅޭ އެކި މައުލޫތަކުގައި ރައީސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.