އެޗްޑީސީ

ހުޅުމާލޭގައި އީދުގެ ބައެއް ހަރަކާތްތައް ނުބާއްވަން ނިންމައިފި

Jun 27, 2022

ހުޅުމާލޭގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމި ނަމަވެސް އީދުގެ ބައެއް ހަރަކާތްތައް ނުބޭއްވުމަށް އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް 19ގެ ކޭސްތައް މިދުވަސްވަރު އިތުރުވެފައިވާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް ނިންމީ ކަމަށެވެ.

އީދުގައި ނުބާއްވަން އެޗްޑީސީން ނިންމީ އީދު ޝޯއާއި ހަވާ އެރުވުމުގެ ހަރަކާތެވެ. އެޗްޑީސީން ބުނީ އެ ދެ ހަރަކާތަކީ ގިނަ ބަޔަކު އެއްވާ ދެ ހަރަކާތް ކަމަށެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވެެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށްވެސް ގޮވާލާފަ އެވެ.