ގްރީން ޓެކްސް

ގްރީން ފަންޑުން 356 މިލިއަން ނަގައި ހޭދަކޮށްފި

Jun 28, 2022
3

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުން މި އަހަރުގެ މިހާތަނަށް އެކި މަސައްކަތްތަކަށް 356,7 މިލިއަން ރުފިޔާ ނަގައިގެން ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން އަންނަނީ މި ފަންޑުން އެކި ބޭނުންތަކަށް ފައިސާ ނަގަމުންނެވެ. މިހާތަނަށް މި ފަންޑުގެ ފައިސާ އިން ހޭދަކުރަމުން ގޮސްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ކުނީގެ މަގު މަޝްރޫއުތަކަށެވެ.

ގްރީން ފަންޑުގެ ހޭދަ

  • ޖެނުއަރީ 11 މިލިއަން
  • ފެބްރުއަރީ 107 މިލިއަން
  • މާޗް 140 މިލިއން
  • އެޕްރީލް 59 މިލިއަން
  • މެއި 36 މިލިއަން

ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް މި ފަންޑަށް ލިބިފައިވަނީ 476 މިލިއަން ރުފިޔާ އެވެ. އަދި މި ފަންޑުގެ ބެލެންސުގެ ގޮތުގައި މިހާރު ހުރީ 827 މިލިއަން ރުފިޔާ އެވެ. އަދި މި ފަންޑަށް މިމަހު 96 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.