އާދަމް ޝަރީފު އުމަރު

ޔޯގާއާ ގުޅޭ ސިޓީގެ މައްސަލަ ބަލަން އެދިއްޖެ

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

މެޑިޓޭޝަންގެ ޔޯގާ ކުރި ނަމަވެސް އެއީ އިސްލާމް ދީނުގައި ހަރާމްކަމެއް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން ފުލުހުންނަށް ފޮނުވި ސިޓީ އަކީ އެ މިނިސްޓްރީގައި އެފަދަ ކަންކަން ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނެފައިވާތީ އެކަން އިތުރަށް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށައަޅައިފި އެވެ.

އެ މައްސަލަ ހުށައެޅީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ދީނީ ގޮތުން ހިޔާލު އުފެދޭ ކަމެއްގައި އާންމުންނަށް އިތުރަށް އޮޅޭ ގޮތަށް ސަރުކާރުގެ ވުޒާރާއަކުން ފޮނުވާފައިވާ ސިޓީގެ ޒިންމާ ނެގުމުގެ ބަދަލުގައި އެ ސިޓީއަކީ އިޖްރާއަތްތަކާއި ހިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ދިވެހީންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ކަންކަން ހިންގުމަށް މަގުފަހިވެދާނެ ކަމެއް ކަަމަށެވެ. އަދި މި ކަމަކީ އިސްލާމިކް މިނިސްޓްރީގެ ގާނޫނީ ވާޖިބު އަދާ ކުރުމުގެ ބަދަލުގައި އެ މިނިސްޓްރީގައި ތިބޭ މީހުން ބޭނުންވާ ކޮންމެ ފަަތުވާއެއް ބޭނުން ވާ ގޮތަަކަށް ނެރުމުގެ ފުރުސަތު އޮތް ކަމެއް ކަަމަށެވެ.

"އެހެން ކަމުން އިޖްރާއަތްތަކާއި ހިލާފަށް އިސްލާމިކް މިނިސްޓްރީން މިފަދަ ސިޓީއެއް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވުނީ ކީއްވެގެންތޯ އާއި އެފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ވިޔަނުދިނުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ މެދުވެރިކޮށް ބައްލަވައިދެއްވުން އެދެމެވެ،"

މި މަހުގެ 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ ޔޯގާ ދުވަހާއި ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވުމަށް ފުރުސަތު ވަނީ ދީފައެވެ. އެ ހަރަކާތް ބޭއްވީ ޔޯގާއާ ގުޅުން ހުރި ކުފުރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވަނިކޮށެވެ. ޔޯގާ އަކީ މުސްލިމުންނަށް ހަރާމް ކަމެއް ކަމަށް އިސްލާމީ ބޮޑެތި ގަައުމުތަކުން ނެރެފައިވާ ފަތުވާތައް ހިމަނައިގެން ފޮނުވި އެ ސިޓީ އަކީ ޔޯގާ ހަރަކާތް ބޭއްވުމުގެ ފަސް ދުވަސް ކުރީން މި މަހުގެ 16 ވަނަ ދުވަހު ފޮނުވާފައި އޮތް ސިޓީއެކެވެ.

އެ ސިޓީ އާންމުވުމުގެ ކުރީން ޔޯގާ ހަރަކާތް އޮތް ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ކުށްވެރިކޮށް އިސްލާމިކް މިނިސްޓްރީން ދިޔައީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ޔޯގާއަކީ މުންކަރާތެއް ކަމަށް ބަޔާން ކުރާންވެސް ކެރިވަޑައިނުގަތެވެ. ސިޓީ އާންމުވުމުން އެއީ އޮޅުމެއްގެ ތެރެއިން ފޮނުވިފައިވާ ސިޓީއެއް ކަމަށް ބުންޏެވެ. އަދި އެ ސިޓީ ފޮނުވީ ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވަން ނޫން ކަމަށް ބުނެ ބަޔާނެއްވެސް ނެރުނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހިތިގަސް

ހަގީގަތުގައި ވެސް އިސްލާމިކް މިނިސްޓްރީގެ ސްޓާފެއް އަމިއްލައަށް ނޫނީ ބަޔަކު ލައިދީގެން ވިސްނުން ބަދަލުކޮށްގެން ވެސް އެމިނިސްޓްރީގެ ފަތުވާއެއް ގޮތަށް ޕޮލިހަށް އެންގުމެއް ފޯރުކޮށްދިނުމުގެ މަގު އޮވެގެން ނުވާނެ އަދި އެފަދަ ކަމެއް ހިނގައިފިނަމަ އެކަށީގެންވާ ޒިއްމާދާރު އިޖްރާއީ ފިޔަވަޅުތައް އަޅަންޖެހޭނެ. އަދި ދީނީ މިފަދަ ކަންކަމުގައި ފަތުވާދެއްވާ އިރުގައި މިނިސްޓްރީގައި މަޒްހަބެއް އޮވެގެެން ނުވާނެ. ފުރިހަމަ ޢިލްމީ އުސޫލު ހިފަހައްޓަވަންވާނެ.

ގަރިސް

ނުބަލާނެ ކެނެރީގޭ ނަސީދު ބޭނުންވާ ގޮތަށް ނިންމައިދޭނެ. ސޯލިހާ އަންނިއާ ދެމީހުންނަކީ އެއްހިތެއް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910