ފެމިލީ ކޯޓް

ފެމިލީ ކޯޓު ހިންގުން ގާޒީ މާހިރަށް

Jun 28, 2022

ފެމިލީ ކޯޓު ވަގުތީގޮތުން ހިންގުން އެކޯޓުގެ ގާޒީ އަލްއުސްތާޒު އިބްރާހީމް މާހިރުއާ ހަވާލުކޮށްފި އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުޒައިފާ މުހައްމަދު އިއްޔެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ފެމިލީ ކޯޓުގައި އިސް ގާޒީއެއް ނެތި އެތައް ދުވަހެއް ވެފައިވަނިކޮށް އެ ކޯޓުގެ އިސް ގާޒީ ކަމާ ހަވާލުވެވަޑައިގެން ހުޒައިފާ އެ މަގާމުގައި ހުންނެވީ 88 ދުވަހު އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު އަނެއްކާވެސް ހުސްވުމާ ގުޅިގެން ފެމިލީ ކޯޓު ވަގުތީ ގޮތުން ހިންގުން ހަވާލުކުރެއްވި ގާޒީ މާހިރަކީ އެ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރައްވާފައިވާ ގާޒީ އެވެ.