އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް އޮފީސް އަޅަން ހުޅުމާލެއިން ބިމެއް ދީފި

Jun 28, 2022

އޮޑިޓާ ޖެނަރަލް އޮފީހުގެ އާ އިމާރާތް އެޅުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިދީފި އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޮޑިޓް އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އޮފީހުގެ ޑިރެކްޓާ އޮފް ކޯޕަރޭޓް ސާވިސް ނަޝްވާ ފިރާގެވެ އެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.

އޮޑިޓް އޮފީހަށް ހަމަޖައްސައިދީފައިވަނީ 1742643 އަކަފޫޓޫގެ ބޮޑު ބިމެކެވެ. މި ބިމުގެ 13،106 އަކަފޫޓްގައި ހަ ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ނިންމާފަ އެވެ.

އޮޑިޓް އޮފީހުގެ އޮފިޝަލަކު މީގެކުރިން އަވަސްއަށް ވިދާޅުވީ އެ ބިން ލިބުމާއެކު މި އަހަރުގެ ތެރޭގައި މަސައްކަތް ފެށޭ ވަރަށް އެ އޮފީހުން ތައްޔާރު ވެފައިވާ ކަމަށެވެ. އާ އިމާރާތުގެ މަސައްކަތް ނިމުމާއެކު އޮޑިޓް އޮފީހަށް ދިމާވެފައިވާ ޖާގައިގެ ދަތި ކަމަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުގެ އާ އިމާރާތުގެ ކުރެހުމަށް ބަލާއިރު އެ އޮފީސް އަޅަން ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ވަރު ހަރަދުވާނެ އެވެ.

އޮޑިޓާ ޖެނަރަލްގެ އާ އިމާރާތް ހަދާއިރު އެތަނުގައި ކުއްޔަށް ދޫކުރާ ކެންޓީނަކާއި މުވައްޒަފުންގެ ޑޭކެއާ ސެންޓަރެއް ވެސް ހަދާނެ އެވެ.