ޓޫރިޒަމް

ޓޫރިޒަމް ހިލޭ އެހީ: 346 ފަރާތަކަށް 13 މިލިއަން

Jun 30, 2022
1

ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގެ ދަށުން ފަންޑު މެނޭޖުމަންޓުން ހިންގާ، ޓޫރިޒަމް ކުދި ވިޔަފާރިއަށް އެހީވުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 346 ފަރާތަކަށް 13 މިލިއަން ރުފިޔާ ދީފަ އެވެ.

މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ބުނީ މިދިޔަ މަހުގެ ނިޔަލަށް 443 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

މީގެ ތެރެއިން ޝަރުތު ހަމަވާ 346 ފަރާތަކަށް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 13.1 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވެ އެވެ.

ފަންޑު މެނޭޖުމަންޓުން ބުނީ ހިލޭ އެހީއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

"އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަމޯލްޑިވްސް''ގެ ދަށުން އީޔޫއިން ހަދިޔާ ކޮށްފައިވާ ދެ މިލިއަން ޔޫރޯގެ ތެރެއިން 1.4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 22,4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ އެދި ހުށަހެޅުމުގެ ފުރުސަތު ފަންޑު މެނޭޖުމަންޓުން އެންމެ ފުރަތަމަ ހުޅުވާލީ 15، ޑިސެމްބަރު 2021 ގައެވެ.

މި ޕްރޮޖެކްޓުގެ މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހީނަރުކަމުން އަރައިގަންނަން ފުރުސަތު ދިނުމެވެ، އެގޮތުން ދޭ މި ހިލޭ އެހީ ހާއްސަ ކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީ ތަކަށެވެ.