މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދިރާސީ އަހަރު ނިންމުމަށްފަހު ބޮޑު ޗުއްޓީ ފަށައިިފި

Jun 30, 2022

ދިރާސީ އަހަރު ނިންމުމަށްފަހު ސްކޫލުތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިިފި އެވެ.

ދަރިވަރުންނަށް ހިތްވަރު ދިނުމަށާއި މުޅި އަހަރު ކުރި މަސައްކަތްތަކާ ގުޅޭގޮތުން ދަރިވަރަށް މައުލޫމާތު ދިނުމަށް މިއަދު ސްކޫލަށް ހާޒިރުކުރި ނަމަވެސް ދަރިވަރުންނަށް މިހާރު ރިޕޯޓް ފޯމު ދެނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޯޓަލް، މީމިސް މެދުވެރިކޮށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފަށާނީ މިއަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު މިޑް ޓާމަށް ސްކޫލުތައް ބަންދު ވާނީ އޮކްޓޫބަރު ނުވަވަނަ ދުވަހަށެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.

އޮގަސްޓްގައި ފަށާ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމްގައި 92 ދުވަސް އަދި ދެވަނަ ޓާމްގައި 111 ދުވަހު ކިޔަވައިދޭނެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސީ މިދިޔަ އަހަރު އެވެ.