މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޝައުގުވެރިކަން އިތުރުކުރަން ދިވެހި ފޮތް ހޯދަނީ

Jul 1, 2022

ދިވެހި ބަހަށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ތަފާތު ވައްތަރުގެ ދިވެހި ފޮތްތައް ހޯދަން އިއުލާންކޮށްފި އެވެ.

މިއީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަންގެ މޯލްޑިވްސް ލާނިން އެޑްވާންސްމަންޓް އެންޑް މެޝަމންޓް ޕްރޮޖެކްޓުގެ ތެރެއިން ކުރަމުންދާ މަސައްކަތެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި 69 ވައްތަރެއްގެ ފޮތް ހޯދަން އިއުލާންކޮށްފައިވެ އެވެ.

މީގެތެރޭގައި ދީނީ، އިޖުތިމާއީ، ކުޑަކުދިންގެ ވާހަކަ ފޮތް އަދި އާއްމު މައުލޫމާތު ލިބޭ ކަހަލަ ފޮތްތައް ހިމެނެ އެވެ.

މިފޮތްތައް ބޭނުންކުރާނީ ފައުންޑޭޝަން މަރުހަލާ އިން ފެށިގެން ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގުރޭޑް އެކަކުން ތިނެއްގެ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 30،000 ރުފިޔާ ބަހައްޓަން ޖެހެ އެވެ.

ސްކޫލުތަކުގައި ދަރިވަރުން ފޮތް ކިޔުމަށް ޝައުގުވެރިކަން އުފެއްދުމަށް ތަފާތު ޕްރޮގްރާމުތައް ހިންގި ނަމަވެސް ދިވެހި މާއްދާއިން މިހާރަކަށް އައިސް ދަރިވަރުން ހޯދާ ނަތީޖާތައް ދައްކަން ފާހަގަކުރައްވާ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.