މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލްތަކަށް ޕީޕީއީ ހަދިޔާކޮށްފި

Jul 2, 2022

މޯލްޑިވްސް ލާނިން އެޑްވާންސްމަންޓް އެންޑް މެޝަމަންޓް ޕްރޮޖެކްޓް (މޯލްޑިވްސް ލޭމްޕް)ގެ ދަށުން ރާއްޖޭގެ ސްކޫލްތަކަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ސާފުކުރުމަށް ބޭނުންކުރާ ތަކެތި ސްކޫލުތަކަށް ހަދިޔާކުރަން ފަށައިިފި އެވެ.

ސްކޫލުތަކަށް މިތަކެތި ހަދިޔާކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މާލޭގެ ސްކޫލުތަކަށް މިހާރު ވަނީ މިތަކެތި ހަދިޔާކޮށްފަ އެވެ.

މޯލްޑިވްސް ލޭމްޕުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސަރުކާރުން ހިންގާ 212 ސްކޫލަށް މިތަކެތި ފޯރުކޮށްދިނުމަށެވެ.

މޯލްޑިވްސް ލޭމްޕަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިޔުކޭޝަން (ޖީޕީއީ)ގެ ހިލޭ އެހީގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގައި އެޑިޔުކޭޝަން މިނިސްޓްރީއާއި އެކު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ ވެސް ބައިވެރިވެ އެވެ.

ސްކޫލުތަކަށް ހަދިޔާ ކުރާ ޕީޕީއީ އާއި ސާފުކުރާ ސާމާނަކީ 1.5 މިލިއަން ރުފިޔާގެ ތަކެތި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.