މިއަދު އިރުއޮއްސެނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެމްޓީސީސީ އިން ބަހުގެ ހިދުމަތް ދެމުންދާ ރޫޓަށް ބަދަލެއް ގެނެސްފި އެވެ.
އެ ކުންފުނިން ބުނީ އެކްސިޑެންޓާއި ގުޅިގެން ވެސްޓް ޕާކް ރޫޓްގެ ހުރިހާ ބަސްތަކެއް ވަނީ ކާނިވަލް ރޫޓަށް ޑައިވާޓް ކޮށްފައި ކަމަށެވެ. އަދި ވެސްޓްޕާކް ރޫޓުން ފަށާ ބަސްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
ބޮޑުތަކުރާފާނު މަގު ޓްރެކް ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހަ މީހަކަށް އަނިޔާވެ އެކަކު ވަނީ ނިޔާވެފައެވެ. އެކްސިޑެންޓްވީ ދެ ކާރެއް ޖެހިގެންނެވެ. އެއް ކާރު ކޮންޓްރޯލް ނުވެ ގޮސް ފަހުން ވަނީ ބަހެއްގަ ޖެހި އެކްސިޑެންޓް ވެފައެވެ. ކާރާއި ބަހަށްވެސް ބޮޑެތި ގެއްލުން ވެފައިވެއެވެ.
ބަސް ރޫޓަށް ބަދަލު ގެނައީ އެ ސަރަހައްދު ބަންދު ކޮށްފައި އޮތުމުންނެވެ.