އެމްޑީޕީ

އެމްޑީޕީގެ ގޮފި ހުށަހެޅުމަށް ފުރުސަތު ދީފި

ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާޙު ކުރުމަށް ދީފައިވާ މުއްދަތު މި މަހުގެ 15 ވަނަ ދުވަހަށް ހަމަވާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެ ޕާޓީން މިއަދު ބުނީ އޯގަސްޓް 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް 2022 ގައި ބައިވެރިވެވޭނީ ޖުލައި 15، 2022 ގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށެވެ. އަދި ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާހު ކުރުމަށް ދީފައިވާ މުއްދަތު ޖުލައި 15 ވާ ބުދަ ދުވަހަށް ހަމަވާނެ ކަމަށެވެ. މި މުއްދަތުގެ ތެރެއަށް ރަސްމީ ބަންދު ދުވަސްތަކެއް ވަންނާތީ މި ދުވަސްތަކުގައި ހުށަހައަޅާ ގޮފި ފޯމުތަކުގެ ޕީޑީއެފް އަދި ގޮފި ލިސްޓުތަށް އެކްސެލް ފޯމެޓުގައި [email protected] އަށް ހުށަހެޅުއްވޭނެ ކަމަށެވެ.

މިގޮތަށް ހުށަހަޅުއްވާ ގޮފި ފޯމްތަކުގެ އަސްލު 17 އަދި 18 ޖުލައި ގެ މެންދުރު 1:30 ގެ ކުރިން ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ. އޭގެ ފަހުން ހުށަހެޅި ނަމަވެސް ބަލައި ނުގަނެވޭނެ ކަމަށްވެސް ބުންޏެވެ.