ޓެކްސް

ޓެކުހުގެ އާމްދަނީ ދެ ބިލިއަން ރުފިޔާ ކުރީގައި

Jul 7, 2022

ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ 2.3 ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް ރަނގަޅުގެ އިގްތިސޯދީ ގޮތުން ކުރިއެރުން ލިބެމުންދާތީ އަންނަ މި ހެޔޮ ބަލާއެކު ޓެކްސްގެ ގޮތުގައި މިހާތަނަށް 9.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. ނަަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބިފައިވަނީ 7.2 ބިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ 2.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީން ޖޫން 30ގެ ނިޔަލަށް އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު ޓެކްސްގެ ގޮތުގައި އާމްދަނީއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލައަކީ 15.3 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ މިހާތަނަށް މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިހާތަނަށް 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ސަރުކާރުން ރޭޓް މަތިކުރަން ވިސްނާފައިވާ މި ޓެކުހުގެ އާއްމު ޖީއެސްޓީން 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޓެކުހުގެ ބޮޑު އާމްދަނީ ލިބުނު ދާއިރާތައް

  • ޖީއެސްޓީ : 5.5 ބިލިއަން
  • ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް: 1.7 ބިލިއަން
  • އިމްޕޯޓް ޑިއުޓީ 1.3 ބިލިއަން
  • ބިޒްނަސް ޕްރޮފިޓް ޓެކްސް: 705.8 މިލިއަން
  • ވިތްހޯލްޑިން ޓެކްސް 438 މިލިއަން

މި އަހަރުގެ މިހާތަނަށް ޖުމްލަ ހިލޭ އެހީ ހިމަނައިގެން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 13 ބިލިއަން ރުފިޔާ އެވެ. އަދި މިހާތަނަށް ހަރަދުގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.