ރިޒާވް

މެއި ރިޒާވް: 29 މިލިއަން ޑޮލަރު މަދުވެއްޖެ

Jul 7, 2022

މިދިޔަ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ ރިޒާވުން ޖުމްލަ 29 މިލިއަން ޑޮލަރު -- ގާތްގަނޑަކަށް 445 މިލިއަން ރުފިޔާ މަދު ވެއްޖެ އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މެނޭޖުކުރާ ރާއްޖޭގެ ރިޒާވް ރިޕޯޓުގައިވާ ގޮތުން މިދިޔަ މެއި މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 808 މިލިއަން ޑޮލަރެވެ. ނަމަވެސް މިއީ އެޕްރީލް މަހު ރިޒާވްގައި ހުރި 829 މިލިއަން ޑޮލަރާ އަޅާ ކިޔާނަމަ 29 މިލިއަން ޑޮލަރުގެ މަދުވުމެކެވެ.

ރިޒާވަށް އައިސްފައިވާ މި ބަދަލަކީ 2021 ވަނަ އަހަރު ރިޒާވުގައި ހުރި 926.1 މިލިއަން ޑޮލަރާ އަޅާ ކިޔާނަމަ ބޮޑު ދަށްވުމެކެވެ.

އިގްތިސޯދަށް އަންނަ ބަދަލާއެކު ރިޒާވް އިތުރުވެ މަދުވެ އެވެ. އަދި ރިޒާވުގައި ހިމެނޭ ބޭނުން ކުރެވޭ ރިޒާވް ކުރިން އާއްމުކުރެ އެވެ. ނަމަވެސް މިހާރު ރިޒާވްގައި ހިމެނޭ ބޭނުން ކުރެވޭ ރިޒާވް އާއްމު ކުރުން ވަނީ ހުއްޓާލާފަ އެވެ.

މިހާރު ރާއްޖޭގެ ރިޒާވްގައި ފަސް މަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ފައިސާ ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.