އީދު ފާހަގަ ކުރުން

ދާންދޫގައި "އީދު މަޅި" ރޯކުރަން އުޅުނު ޒުވާނަކު ފިހިއްޖެ

Jul 8, 2022
1

ގއ. ދާންދޫގައި "އީދު މަޅި" ރޯކުރަން އުޅުނު ޒުވާނަކު ފިރިހިގެން ފަރުވާ ދޭން ފަށައިފި އެވެ.

ދާންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އީދު މަޅި ރޯކުރަން އުޅުމުގެ ތެރޭގައި ދެ ޒުވާނަކު ފިހިގެން ސިއްހީ މަރުކަޒަށް ގެނައި ކަމަށެވެ. އޭގެތެރެއިން އެއް ޒުވާނަކަށް މާބޮޑު ޒަހަމެއް ލިބިފައި ނެތް ނަމަވެސް ދެވަނަ ޒުވާނާއަށް ތަންކޮޅެއް ބޮޑެތި ޒަހަމް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ތަންކޮޅެއް ބޮޑުވަރުވި ޒުވާނާގެ އަތުގެ ބައެއް ތަންތަން ހުރީ ފިހިފައި،" އޭނާ ވިދާޅުވި އެވެ.

ދާންދޫ ކައުންސިލުން ވަނީ އީދު ކުޅިވަރު ކުޅޭއިރު ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އިޖުތިމާއީ ރޫހު ނުގެއްލޭ ގޮތަށް އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކޮށްފަ އެވެ.