މާލެގައި އަލްހާ އީދު ނަމާދުގެ ބޮޑު ޖަމާއަތްގައި އިމާމުވެ ނަމާދު ކުރައްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު އެވެ.
އީދުގެ ބޮޑު ޖަމާއަތް ހެދުމަށްޓަކައި ތިން މައިދާނެއް ވަނީ ހަމަޖައްސާފައެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލޭ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދެވެ. އެންމެ ގިނަ ބަޔަކު ދާނެ ކަމަށް ބެލެވޭ މާލޭގެ މާފަންނު ސްޓޭޑިއަމް ގައި ކުރެވޭ އީދު ނަމާދު އިމާމުވެ ކުރައްވާ ހުތުބާ ދެއްވާނީ ޑރ. އަލީ ޒާހިރެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ -- މާލެ، ވިލިމާލެ، ހުޅުމާލެ، ހުޅުލެ-- ގެ 32 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އީދު ނަމާދު ކުރާނެ މިސްކިތްތައް
- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
- މަސްޖިދު މަލިކި ސަލްމާން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
- މަސްޖިދުލް ފުރްޤާން
- މަސްޖިދުއް ނޫރު
- މަސްޖިދުއް ޝަހީދު ޢަލީ
- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
- މަސްޖިދު އިސްކަންދަރު
- ވަގުތީ މިސްކިތް (ބޮޑުގެ)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
- މަސްޖިދު ޢަފީފުއްދީން
- ޒިޔާރަތް މިސްކިތް
- މަސްޖިދުލް ބިއްރި (ވިލިމާލެ)
- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
- މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
- މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
- މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
- މަސްޖިދުއް ސަބީލް (ހުޅުލެ)
- މަސްޖިދުލް އިންތިޞާރު (ހުޅުލެ)
މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ ތިން ސަރަހައްދުގައި އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އާންމު ގޮތެއްގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.