އީދު ފާހަގަ ކުރުން

ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި

Jun 28, 2023
1

މުޅި ރާއްޖޭގައި ބޮޑު ޖަމާއަތުގައި މިއަދު އީދު ނަމާދުކޮށްފި އެވެ.

މާލޭގައި އީދު ނަމާދުކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. މީގެ އިތުރުން ކިންގް ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ 15 މިސްކިތެއްގައި ވަނީ އީދު ނަމާދުކޮށްފަ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތަޓިކް ޓްރެކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލޭ ބޯޅަދަނޑުގައި ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފަ އެވެ. މީގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ތިން މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ ދެ މިސްކިތެއްގެ އިތުރުން ހުޅުލޭގެ ދެ މިސްކިތަކާއި، ވިލިމާލޭގެ މިސްކިތެއްގައި ވަނީ އީދު ނަމާދުކޮށްފަ އެވެ.

ގިނަ ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ އެ ރަށްރަށުގެ ބޯޅަދަނޑުގައެވެ. ބައެއް ރަށްރަށުގައި ބަނދަރު ސަރަހައްދުގައި އީދު ނަމާދުކޮށްފައިވެ އެވެ.

އީދު ނަމާދަށްފަހު އިއްވި އީދު ހުތުބާގައި ވަނީ ހެޔޮ ކަންކަމުގައި އެއްބާރުލުންދީ އާއިލީ ގުޅުމާއި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކުރުމަށް ގޮވާލާފަ އެވެ.