ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ގްލޯބަލް އެޑިއުކޭޝަން ފޯރަމް އިފްތިތާހުކޮށްދެއްވީ ރައީސް ވަހީދު

Jul 8, 2022
1

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު، މިއަހަރުގެ ގްލޯބަލް އެޑިޔުކޭޝަން ފޯރަމް ސައުތު އޭޝިޔާ ސަމިޓް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ހަޔާ އެޑިޔުކޭޝަން މިނިސްޓަރުންނާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި އެ ދާއިރާގެ ތަޖުރިބާކާރުން ފޯރަމުގައި ބައިވެރިވެ އެވެ.

ފޯރަމުގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި ވަނީ މުސްތަގުބަލްގައި މަތީ ތައުލީމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގެންނަންޖެހޭ ބަދަލުތަކާ އަދި ގޮންޖެހުންތަކަށް ބައްލަވާލައްވާ ހިޔާލުތައް ހިއްސާކުރެއްވި އެވެ.

ރައީސް ވަހީދަކީ ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރެއްވުމަށްފަހު އެމެރިކާގެ މަޝްހޫރު ބައެއް ޔުނިވަސިޓީތަކުގައި ކިޔަވާ ދެއްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން ރައީސް ވަހީދު ވަނީ މި ސަރަހައްދުގެ ގައުމުތައް ކަމަށްވާ ރާއްޖެ، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާގައި ތައުލީމީ ދާއިރާގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސް ވަހީދު އދ.ގެ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ބައެއް ގައުމުތަކުގެ ތައުލީމީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައިވެސް މުހިއްމު ދައުރެއް އަދާކުރެެއްވި އެވެ.