އީދު ނަމާދު

އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން: ހުތުބާ

އިސްލާމް ދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން ކަމަށް ބަޔާންކޮށް މާތްﷲގެ ހައްދުތައް ފަހަނައަޅައި ނުދިއުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދު އިއްވި އީދު ހުތުބާގައި ބުނެފައިވަނީ އީދަށް އީދޭ ކިޔުނީ ކޮންމެ އަހަރަކު އައު އުފާތަކަކާއެކު މުސްލިމުންގެ ގާތަށް މި ދުވަސްތައް އަންނާތީ ކަމަށާ އިސްލާމީ އީދުތަކުގައި އޮތީ އުފާވެރިކަމާއި މުނިފޫހި ފިލުވުން ކަމަށެވެ. އެއީ ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެެ އުފާވެރި ކަމުން ކަމަށާ އަދި އެއީ އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީ ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދީ ނިކަމެތި މީހާ ބާރުވެރި ކޮށްގެން ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން ކަމަށެވެ. އަދި އެއީ ކާބޯތަކެތީން ބަނޑުފުރައިލުމާއި މާތްﷲ ގެ ހައްދުތައް ފަހަނައަޅައި ދިނުމެއްވެސް ނޫން ކަމަށެވެ. އިސްލާމީ އީދުތައް އަންނަނީ ﷲ އަށް އަދާކުރަން ޖެހޭ މުހިންމު އަޅުކަންތަކަކާ ގުޅިގެން ކަމަށާ އެހެން ކަމުން އިސްލާމީ އީދުތަކަކީ މާތްﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައިވާ މުނާސަބަތުތަކެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އީދަށް އީދޭ ކިޔުނީ ކޮންމެ އަހަރަކު އައު އުފާތަކަކާއެކު އަހަރެމެންގެ ގާތަށް މި ދުވަސްތައް އަންްނާތީ އެވެ. އިސްލާމީ އީދުތަކުގައި އޮތީ އުފާވެރިކަމާއި މުނިފޫހިފިލުވުމެވެ. ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރި ކަމުންނެވެ. އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީގެންނެވެ. ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދީގެން ނެވެ. ނިކަމެތި މީހާ ބާރުވެރި ކޮށްދީގެންނެވެ. ބީރަށްޓެހި މީހާ ރަށްޓެހި ކުރުވައިގެންނެވެ.
އީދު ހުުތުބާ

މިއަދުގެ ހުތުބާގައި ވަނީ އަލްހާ އީދާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަލާމްލެއްވި އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނުގެ ވާހަކަ ބަޔާންކޮށްދެއްވާފައެވެ. މާތްﷲއަށް ކިޔަމަން ގަތުމުގައި އިބްރާހިމްގެފާނު ދެއްކެވި ސާބިތުކަމާއި ދަރިކަލުން އިސްމާއީލްގެފާނުގެ ކިޔަމަންތެރި ކަމަކީ އަދުގެ ޖީލަށް އެތައް ފިލާވަޅުތަކެއް ލިއްބައިދޭ އަގުހުރި ހާދިސާއެއް ކަމަށް ބަޔާން ކޮށްދެއްވިއެވެ.

އިސްލާމް ދީނުގައި އީދަކީ ޝަހުވަތުގެ ފަހަތުން ދުއްވައިގަތުމެއް ނޫނެވެ. އެއީ ކާބޯތަކެތީން ބަނޑު ފުރައިލުމެއްވެސް ނޫނެވެ. އެއީ މާތްﷲ ގެ ހައްދުތައް ފަހަނައަޅައި ދިޔުމެއްވެސް ނޫނެވެ. އިސްލާމީ އީދުތައް އަންނަނީ ﷲ އަށް އަދާކުރަން ޖެހޭ މުހިންމު އަޅުކަންތަކަކާ ގުޅިގެންނެވެ. އެހެން ކަމުން އިސްލާމީ އީދުތަކަކީ މާތްﷲގެ ކިޔަމަންތެރިކަން އަދާކުރުން މަތީގައިވާ މުނާސަބާތަކެކެވެ.
އީދު ހުުތުބާ

މީގެ އިތުރުން މި އީދުން އައު ސަފްހާއެއް ހުޅުވާލާ މި އައު ސަފްހާގެ ތެރެއިން މިހާރުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.