އެމެރިކާގައި ނަޞާރާދީން ކިޔަވައިދޭ ވީޓަން ކޮލެޖުގައި ކިޔަވައިދޭ ޕްރޮފެސަރަކު ބުރުގާ އެޅުމުން ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.
އެކޮލެޖުންވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ދުވަހު ޕްރޮފެސަރު ކޮލެޖަށް ދިއުމުން ވަކި އެއްޗެއް އަންގަންދެން ވަޒީފާއަށް ނުނުކުމެ ގޭގައި ހުންނަން އަންގާފަ އެވެ.
މިކަމާއި ގުޅޭގޮތުން ވީޓަން ކޮލެޖުން ބުނީ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރެއް ކަމަށްވާ ލެރީޝާ ވަޒީފާއިން ވަކިކުރުމާމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި އެ މައްސަލައަކީ ކޮލެޖްގެ މުސްތަގްބަލާއި ގުޅުންހުރި ކަމަކަށްވާތީ ކޮލްޖެ ބޯޑުން މަޝްވަރާކުރުމަށްފަހު ވަކިގޮތެއް ނިންމާނެ ކަމަށެވެ.
އޭގެ ކުރިން މިދިޔަ މަހުގެ 10 ވަނަ ދުވަހު މި ޕްރެފަސަރު ވަނީ ބުރުގާ އެޅުމަށްފަހު ނަގާފައި އިން އޭނާގެ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ. އަދި އޭގައި އޭނާ މުސްލިމުންނަށް ތާއީދު ކުރާ ކަމަށް ލިޔެފައިވެ އެވެ.