އިންޑިޔާގެ ބޮޑުވަޒީރު މޯދީ

އިންޑިއާގެ ބޮޑުވަޒީރުގެ އީދު ތަހުނިޔާ ދިވެހިންނަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އަލްހާ އީދުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މިއަހަރުގެ ބަރަކާތްތެރި އަލްހާ އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށާއި ދިވެހި ސަރުކާރާއި އެކުވެރި ދިވެހި ރައްޔިތުންނަށް ފޮނުއްވާފައިވާ ކަމަށެވެ.

އަދި ބޮޑުވަޒީރު މޯދީ ވަނީ ރައީސް ސޯލިހަށް ފުރިހަމަ ސިއްހަތާއި ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ހަމަ އެހެންމެ ބޮޑުވަޒީރު މޯދީ ފޮނުއްވި ތަހުނިޔާގައި ޑިމޮކްރަސީގެ އަސާސްތަކުގެ މައްޗަށް ލާމެހިފައިވާ އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމަކީ ހާއްސަ އަދި ޒަމާންވީ ގުޅުމެެއް ކަމާއި ސަރަހައްދީ ހަމަޖެހުމަށް އެޅިފައިވާ ބާރެެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއާ އިންޑިއާގެ ގުޅުމަކީ ދިގު ތާރީހެއް އޮތް ފަހުރުވެރި ގުޅުމެކެވެ. އެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.