މޯލްޑިވްސް ނޭޝަނަލް ޕާޓީ

ގޮޓަބަޔަށް ހިމާޔަތް ދިން ގޮތް ބަލަން މަޖިލީހަށް

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ރާއްޖެއަށް ވަޑައިގަތުމުން ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމައިފި އެވެ.

އެ މައްސަލަ ހުށައަޅަން ނިންމާފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕީޖީ ގުރޫޕުންނެވެ. އެމްްއެންޕީގެ ޕީޖީ ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސައަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލުކުރި ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްއެންޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށާ ރޭ ދަންވަރުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވާ ކަމަށް އޭއެފްޕީ އާއި ބީބީސީ އިންވެސް ވަނީ ރިޕޯޓް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޭ މެންދަމުގެ ވަގުތެއްގައި ގޮޓަބަޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފައި ވަނީ އަސްކަރީ މަތިންދާ ބޯޓެއްގައެވެ. އެމަނިކުފާނަށް އެއާޕޯޓުން ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވި ކަމުގެ އަޑުތައްވެސް އެބަ އޮތެވެ.

ލަންކާގެ އެއާފޯސް އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކާ އެއްގޮތަށް އަދި ޑިފެންސް މިނިސްޓްރީގެ ރުހުން ލިބިގެން ދިވެހިރާއްޖެއަށް ފުރުމަށް އެސްއެލްއޭއެފްގެ މަތިންދާބޯޓެއް ރައީސުލްޖުމްހޫރިއްޔާ ތައްޔާރު ކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނު އެ ދަތުރުފުޅު ކުރައްވާފައިވާ ކަމަށެވެ.

ފަހުން ބީބީސީ އިން ރިޕޯޓްކުރި ގޮތުގައި އެސްއެލްއޭއެފްގެ މަތިންދާބޯޓް ޖައްސަން ހުއްދަ ދިނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.