އެމްއެމްޕީއާރްސީ

އިންޑިއާގައި ކުރިއަށްދާ މިލްޓް ކޮންގްރެސްގައި އެމްއެމްޕީއާރްސީ

Jul 13, 2022

އިންޑިއާގައި ކުރިއަށްދާ މިލްޓް ކޮންގްރެސްގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ އެވެ.

ކޮންގްރެސް ކުރިއަށް ދާނީ މިއަދާއި މާދަމާ އިންޑިއާގެ ޖޭ ޑަބްލިއު މެރިއޮޓް މުންބާއީ ޖޫހޫގަ އެވެ.

މިލްޓް -- މައިސް އިންޑިއާ އެންޑް ލަގްޒަރީ ޓްރެވަލް ކޮންގްރެސްއަކީ އިންޑިއާގެ މައިސް އެންޑް ލަގްޒަރީ ފަތުރުވެރިކަމުގެ ހިދުމަތްތައް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ހަރަކާތެކެވެ.

އެމްއެމްޕީއާރްސީން ކޮންގްރެސްގައި ބައިވެރިވީ މައިސް ހަރަކާތްތައް ރާއްޖޭގައި ބާއްވަން ހުރި ފުރުސަތުތައް ވިޔަފާރިވެރިންނަށް ހިއްސާކޮށް މައިސް ދަތުރުތައް ކުރިއަށް ގެންދެވިދާނެ ގޮތްތައް ބުނެދީ ކިޔައިދިނުމަށެވެ.

އިންޑިއާ އަކީ 2020 އަދި މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމެެވެ. މިދިޔަ އަހަރު އިންޑިއާ އިން ރާއްޖެއަށް 278،740 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 2020 ވަނަ އަހަރު އެ ގައުމުން 62،960 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

އިންޑިއާ އިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މިއަހަރުވެސް އިންޑިއާގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް އެމްއެމްޕީއާރްސީން ނިންމާފައިވެ އެވެ.