ރާއްޖެއަށް ޖެޓް ފިއުލް ޝިޕްމަންޓެއް މިއަދު ލިބިއްޖެ އެވެ.
ރާއްޖެއަށް ޖެޓް ފިއުލް ލިބިފައި މިވަނީ މަތިންދާ ބޯޓަށް އަޅާ ޖެޓް ފިއުލް ލިބުން ދަތިވެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.
ރާއްޖެއަށް ގެނެސްފައިވާ ޖެޓް އޭ-1 އާއި ޑީސަލް ޝިޕްމަންޓް މިހާރު ދަނީ ހުޅުލޭގައި ގާއިމުކޮށްފައިވާ އެމްއޭސީއެލްގެ ތެޔޮ ސްޓޯރޭޖަށް އަޅަމުންނެވެ.
ޖެޓް ފިއުލް ލިބުން ދަތިވުމާ ގުޅިގެން މިދިޔަ ދުވަސްތަކުގައި އެމްއޭސީއެލް އިން ތެޔޮ ވިއްކީ ބައެއް ކަހަލަ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން ކުރިން ވަކި ލިމިޓެއް ނެތި ފްލައިޓްތަކަށް ތެޔޮ އަޅައިދިން ނަމަވެސް މިދިޔަ 10 ވަރަކަށް ދުވަހު ފްލައިޓްތަކަށް ތެޔޮ އަޅައިދިނީ އެ ފްލައިޓެއް ދާން ބޭނުންވާ މަންޒިލަކާ ހަމައަށް ދެވޭ ވަރަށެވެ.
އެމްއޭސީއެލް އަށް މިއަދު ޖެޓް ފިއުލް ލިބިފައިވާ ކަމަށް ބައެއް އެއާލައިންތަކުގެ ރާއްޖޭގެ އެޖެންޓުން ވެސް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.