ދިއްފުށި

ދިއްފުށީގައި ބޮޑު ހަމަނުޖެހުމެއް

ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ ކ. ދިއްފުށީގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކ. އަތޮޅު ރަށެެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށައެޅިފައިވާ ކަމަަށެވެ.

އަދި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އޮތް މީހާ އަށް ބަޔަކު އަނިޔާ ކޮށްފައިވާ ކަމަށެވެ. އެ މީހާގެ އަންނައުނު ބާލާ ތަޅާ އަނިޔާ ކޮށްފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާއަށް އަނިޔާ ކުރާތީ އެކަން ހުއްޓުވަން ދިޔަ ފުލުހުންނަށްވެސް އެ މީހުން ވަނީ ހަމަލާދީފައެވެ. އެކަމާއި ގުޅިގެން ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއި ހަމަނުޖެހުން ހިންގި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުންގެ އެެސްއޯ ޓީމެއްވެސް މިހާރު ވަނީ ތުލުސްދޫ އިން ދިއްފުއްޓަށް ގޮސްފައެވެ.